ބިން ފޭރޭ މީހުން | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ބިން ފޭރޭ މީހުން

02 Apr 2017

އާމިރު*އާއި އޭނާގެ އަންހެނުން ފާތިމާ* ގެއެއް އިމާރާތްކުރުމުގެ މަޤްޞަދުގައި ފައިސާ ރައްކާކުރަން ފެށީ ސަރުކާރުން ކީ ނީލަމެއްގައި އެމީހުންނަށް ކަރާޗީގެ ރަށްބޭރުން ކުޑަ ބިމެއް ލިބުމުންނެވެ. ޒަމާންތަކާއެކު އެ ސަހަރުގެ ގޮތުގައި ކުރިން ބެލި ބިމުގެ އިން ފުޅާވެ ކުރީން އެ ދެމަފިރިންނަށް ލިބިފައި އޮތް ބިމުގެ އަގު އެތައް ތަނަކުން އުފުލިގެން ދިޔައެވެ. އާމިރުއާއި ފާތިމާ ދައުލަތާއެކު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް، ހިސާބުގަނޑުގެ ޢުމްރާނީ ތަރައްޤީއަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ދައްކަމުން ގެންދިޔައެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ފެނާއި ކަރަންޓުގެ ޚިދުމަތް އަދި އެސަރަޙައްދުގެ މަގުތަކާ ގުޅުވައިދިނުމުގެ ކަންކަން ކޮށްފައެއް ނުވެއެވެ.

އާމިރު އޭނާގެ ވަޒީފާއިން ރިޓައަރކުރުމަށްފަހު ލިބިފައިވާ ބިންކޮޅުގައި އަމިއްލަ ގެ އެޅުމުގެ ނިޔަތުގައި އެމަސައްކަތަށް ކުރުމަށް އެ ބިން އޮތް ސަރަޙައްދަށް ދިޔައެވެ. އެ ބިމުން އޭނާއަށް މަރުޙަބާކިއީ ވަށައިގެން ރާނާފައިވާ އުސްފާރަކާއި އެ ބިން ބެލެހެއްޓުމަށް އެސަރަޙައްދުގައި ހަތިޔާރާއެކު ތިބި ގާޑުން ތަކެކެވެ. އާމިރު ބުނިގޮތުގައި އެމީހުން އޭނާ އެބިމަށް އެރިޔަ ނުދީ ހިފަހައްޓައި އެއީ އެހެންމީހެއްގެ ބިމެއް ކަމުގައި ބުންޏެވެ.

މިކަމާގުޅިގެން މައްސަލަ ހުށަހެޅުމަށް ބިމުގެ މިލްކުވެރިކަމުގެ ސެޓްފިކެޓާއެކު އާމިރު ފުލުހުން ދިޔައެވެ. ފުލުހުން އޭނާ ހުށަހެޅި މައްސަލަ ބަލައިގަންނަން އިންކާރުކުރުމުން ދެން އޭނާ ދިޔައީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ޕާކިސްތާނު ގޮތްޕަށެވެ. އަދި ޓީއައި ޕާކިސްތާނާ ގުޅިގެން ޝަރުޢީ ބާރަށް ސިޓީއެއް ފޮނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކޯޓުތަކުން ފުލުހުންނަށް ގުޅުމުން އެމީހުން އެމައްސަލަ ބަލަންފެށިއެވެ. އެހެންކަމުން ކޯޓުތައް މެދުވެރިކޮށް މިމައްސަލަކުރިޔަށް ގެންދަން އާމިރަށް ފުރުޞަތު ލިބުނެވެ.

އެހެންނަމަވެސް އެމައްސަލަ ކޯޓާ ހަމައަކަށް ނުދެއެވެ. އޭގެ ބަދަލުގައި، ދެތިން މަސް ފަހުން، ވީނުވީއެއް ނޭނގި އާމިރުއާއި ފާތިމާގެ ބިމުގެ ވަށައިގެން ރާނާފައި ހުރި ފާރު ނަގައިފިއެވެ. އަދި އެތާނގައި ތިބި ފާރަވެރިންވެސް ގެއްލިއްޖެއެވެ. ޓީއައި ޕާކިސްތާނަށް އެނގުނު ގޮތުގައި އާމިރާއި ފާތިމާގެ ބިން އެރަށުގެ ސިޔާސީ ފަރާތަކުން އޭނާގެ އަމިއްލަ ބޭޏުމަށް އާމިރާއި ފާތިމާގެ ބިން ނެގީއެވެ ނުފޫޒުން ހިނގާފައިވާކަމެކެވެ. ނަމަވެސް ޓީއައި އެކަމުގައި ހަރަކާތްތެރިވުމުން އޭނާ އެކަންތައް ދޫކޮށްލީ ކަމަށް ބެލެވެއެވެ.

ބުނެވޭގޮތުގައި މިގޮތަށް ބިން ފޭރޭ މާފިއާ “ލޭންޑް މާފިއާ” އިން މީހުންގެ ބިންބިން ފޭރިގަތުމަކީ ޕާކިސްތާނުގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. ޚާއްޞަކޮށް އިސްލާމްއާބާދާއި ލާހޫރު އަދި ކަރާޗީގަޔާއި އެތަންތާގެ ވަށައިގެންވާ ހިސާބުތަކުގައި މިކަން ވަކިން ބޮޑަށް އާންމެވެ. ބުނެވޭގޮތުގައި ބައެއް ޙާލަތްތަކުގައި ހައުސިން އޮތޯރިޓީއިން ގެތައް ތަރައްޤީކުރުމުގެ މަސައްކަތްކުރާ މީހުންނާ ގުޅިގެން އާންމުންގެ ބިން ފޭރުމަށްފަހު އެތަންތަން ބެލެހެއްޓުމަށްޓަކައި ގަވައިދާ ޚިލާފަށް ހަތިޔާރު ގެންގުޅޭ، ހަތިޔާރު އެޅި ފަރާތްތަކަށް ފައިސާދީ ހަދައެވެ.

އާމިރުގެ ވާހަކައިން ޕާކިސްތާނުގެ ބިމާއި އިމާރާތްތަކުގެ ކަންތައްތަކުގައި ނަޒާހަތްތެރިކަން ކުޑަވެފައިވާ މިންވަރު ފެނިގެންދެއެވެ. 2005 ވަނަ އަހަރުން ފެށިގެން އާމިރު ގެންދިޔައީ އޭނާގެ ބިމަށް ދައްކަންޖެހޭ ފައިސާ ދައްކަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެތަނަށް ބޭނުންވާ ފެނާއި، ކަރަންޓުގެ ޚިދުމަތްތައް ފޯރުކޮށްދެވިފައިނުވާތީ އެތަންވެފައިވަނީ ތަރައްޤީކުރުމަށް އެންމެ އެކަށީގެންނުވާ ތާކަށް ވެފައެވެ.

އެހެންނަމަވެސް، ޓީއައި ޕާކިސްތާނުން އާމިރުގެ މިމައްސަލައިގައި ކާމިޔާބު ކަމާއެކު ތަދައްޚުލްވުމުން މިއީ މިފަދަ ނުޙައްޤު ޢަމަލުތަކާ ދެކޮޅަށް ތެދުވެ ހެޔޮ ބަދަލެއް ގެނައުމަށް އެފަދަ އެހެން ފަރާތްތަކަށްވެސް ލިބޭ ބާރެކެވެ.
*ނަންތައް ބަދަލުކުރެވިފައި

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “މާފިއާ ލޭންޑް ގްރެބް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×