ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިސް މުވައްޒަފުން ސޮއިކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިސް މުވައްޒަފުން ސޮއިކޮށްފި

07 Mar 2017

ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވުމާއި ނަޒާހަތްތެރިވުމަށް ބާރުއެޅުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިސް މުވައްޒަފުން ސޮއިކޮށްފިއެވެ.

ވަޢުދުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ 5 މާރިޗު 2017 ގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ފަސީހް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެ މުއައްސަސާގެ ޒިންމާދާރު ވެރިޔާ ކޮމަޑާންޓް މޫސާ ހަބީބް ވިދާޅުވީ އެ މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރަނީ ނަޒާހަތްތެރިކަމާއެކުގައި ކަމަށާއި، މިފަދަ ވަޢުދެއްގައި ސޮއިކުރުމުން މުވައްޒަފުން ނަޒާހަތްތެރިވުމަށް އިތުރު ބާރަކަށްވެ، މުއައްސަސާއިން ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ހަރުދަނާވެގެން ދާނެކަމަށެވެ.

ކޮމިޝަންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ފަރާތުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ބައިވެރިވުމުން އެކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި އެ މުއައްސަސާގެ މުވައްޒަފުން ނަޒާހަތްތެރިކަން ދަމަހައްޓަން ކުރާ މަސައްކަތައް ތަޢުރީފު ކުރެއްވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހުރިހާ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×