ކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

05 Feb 2017

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުން 23 ޖަނަވަރީ 2017 ގައި ސޮއިކޮށްފިއެވެ. އެ އޮތޯރިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި 31 މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފައިވެއެވެ.

ދައުލަތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމަށް ބާރުއެޅުމަށާއި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން މިންޖުވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ މިވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތު ދައުލަތުގެ ހުރިހާ އިދާރާއަކަށްވަނީ ހުޅުވައިލެވިފައެވެ. އަދި މިކޮމިޝަނުން އިސްނެގުމުގެ މަތިން ދައުލަތުގެ ބައެއް އިދާރާތަކަށް ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ދަޢުވަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×