ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި

30 Jan 2017

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް  (29 ޖަނަވަރީ 2017) ބާއްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ގުޅިގެން ބޭއްވުނު މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހައިލެވިގެންނެވެ. މި ވޯކްޝޮޕްގައި އެ އޮތޯރިޓީގެ 20 މުވައްޒަފުން ބައިވެރިވެފައިވެފައިވެއެވެ.

ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، އަދި ޢާއްމުންނަށް ޚިދުމަތް ދިނުމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު ދެވިފައިވެއެވެ. ދެވަނަ ސެޝަންގައި އަލިއަޅުވައިލެވިފައިވަނީ ތަޙްޤީޤްކުރުމަށް ގެންގުޅޭނެ ގޮތްތަކާއި، ސުވާލުކުރުމާއި އިންޓަރވިޔުކުރުމުގެ އުކުޅުތަކާއި، ބަޔާންތައްޔާރުކުރާނެ ގޮތްތަކަށެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވޯކްޝޮޕްގެ ބައިވެރިވި މުވައްޒަފުންނަށް ސެޓްފިކެޓް ދެވިފައިވެއެވެ. ސެޓްފިކެޓް ބައްސަވައިދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×