ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އައްޑޫ ސިޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ

26 Sep 2016

 

ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގައި ހިންގަން ފަށައިފިއެވެ. އައްޑޫ ސިޓީގައި ހުންނަ ދައުލަތުގެ މުއައްސަސާގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ފުރަތަމަ ވޯކްޝޮޕް ބޭއްވުނީ 23 ސެޕްޓެންބަރު ވީ ހުކުރު ދުވަހުއެވެ. އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޚާއްޞަކުރެވުނު މި ވޯކްޝޮޕްގައި ޖުމްލަ 24 މުވައްޒަފުން ބައިވެރިވިއެވެ. އަދި 24 ސެޕްޓެންބަރުގައި ހިތަދޫގައި މަސައްކަތް ކުރައްވާ ދައުލަތުގެ މުވައްޒަފުންނަށް ހިންގި ވޯކްޝޮޕްގައި 51 ފަރާތަކުން ބައިވެރިވިއެވެ.

މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މޮޑިއުލްތައް ހުށަހަޅައިދެވުނެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ޕްރޮކިޔުމެންޓްގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ގެންދާނެ ގޮތާއި ބިޑް އިވަލުއޭޓް ކުރާނެގޮތް މި ވޯޝޮޕްގައި ބުނެދެވުނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×