ބިތުފަންގި ސިލްސިލާ-2ގެ ނިމުން ފާހަގަ ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ބިތުފަންގި ސިލްސިލާ-2ގެ ނިމުން ފާހަގަ ކޮށްފި

29 Aug 2016

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރި “ބިތުފަންގި ޓީވީ ސިލްސިލާ 2” އާއި ބިތުފަންގި ރޭޑިއޯ ސިލްސިލާ 3ގެ ނިމުން ފާހަގަ ކޮށްފިއެވެ. ނެޝަނަލް އާޓް ގެލެރީގައި ރޭ 20:45ގައި ބޭއްވި މިރަސްމިއްޔާތުގައި މި ސިލްސިލާތަކުގައި ބައިވެރިވި ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުންވަނީ ދީފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ބިތުފަންގި 02 ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށާއި ބިތުފަންގި 03 ރޭޑިޔޯ ޑްރާމާ ތައްޔާރު ކުރުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވަލާކޮށްދެއްވީ ޝަރަފްވެރި މެހްމާނުގެ އިތުރުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޝޭޝަން ޔަޒީދު މުޙައްމަދާއި، ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސާ ފާޠިމަތު އީނާސް އެވެ.

ރަސްމިއްޔާތުގެ ތަޢާރަފް ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، ރާއްޖޭގެ 7 މީޑިއާ ޗެނަލަކުން ބިތުފަންގީގެ އެޕިސޯޑްތައް ހިލޭ ބްރޯޑްކާސްޓް ކޮށްދިނުން އެއީ ބިތުފަންގި ކާމިޔާބު ވުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި ފަންނާނުންގެ ހުނަރާއި ގެނެސްދީފައިވާ ގޮތަކީވެސް ކާމިޔާބީގެ އަސްލެއް ކަމަށެވެ. ރޭގެ ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި މަޢުލޫމާތު އިސްނަގައިގެން ހާމަކުރުމަކީ ކޮރަޕްޝަން ނައްތާލަން ވަރަށް މުހިއްމުކަމެއް ކަމަށާއި މިކަން އެންމެ ރަނގަޅަށް ކުރާ އެއް މުއައްސަސާއަކީ އޭސީސީކަން ފާހަގަކުރައްވާ، ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތައް ތަޢުރީފު ކުރެއްވިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×