ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިފެށޭ މޭ މަހުގެ 1 ން 12 އަށް ހުވަދު އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށުގައި އޮންނާނެއެވެ

25 Apr 2011

 

އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިފެށޭ މޭ މަހުގެ 1 ން 12 އަށް ހުވަދު އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށުގައި އޮންނާނެއެވެ. މިޕްރޮގްރާމް ކުރިއަށްދާނީ އަންނަނިވި ތާވަލާ އެއްގޮތަށެވެ.
1 މޭ 2011 (އާދިއްތަ) – (ގދ. ތިނަދޫ)
2 މޭ 2011 (ހޯމަ) – (ގދ. ތިނަދޫ)
3 މޭ 2011 (އަންގާރަ) – (ރަށް)
4 މޭ 2011 (ބުދަ) – (ރަށް)
5 މޭ 2011 (ބުރާސްފަތި) – (ރަށް)
7 މޭ 2011 (ހޮނިހިރު) – (ރަށް)
8 މޭ 2011 (އާދިއްތަ) – (ރަށް)
9 މޭ 2011 (ހޯމަ) – (ރަށް)
10 މޭ 2011 (އަންގާރަ) – (ރަށް)
11 މޭ 2011 (ބުދަ) – (ރަށް)
12 މޭ 2011 (ބުރާސްފަތި) – (ރަށް)
މި ޕްރޮގްރާމްގެތެރޭގައި އެ އަތޮޅުގައި ހުރި ދައުލަތުގެ އިދާރާތަކުގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތުބައްދަލުވުންތަކަކާއި އާއްމު ރައްޔިތުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އޮންނާނެއެވެ. އަދި އެ ރަށްރަށުގެ ސުކޫލުތަކުގެ ގްރޭޑް8 ން ފެށިގެން މަތީގެ ދަރިވުންނަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކެއްވެސް އޮންނާނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދުތަކަކީ، ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވުމާއި އަދި ކޮރަޕްޝަނަކީ ކޮބައިކަން ވަކިކުރަން އެނގުމާއި އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދުގައި ސަމާލުވެ އެކަހަލަ ކަމެއް ހިނގާނަމަ އެކަންކަން ކަމާބެހޭ ފަރާތަށް އަންގައިދިނުމުގައި އަމަލުކުރެވެން ހުރި ގޮތްތަކަށް ހޭލުންތެރިކުރުވައި ނަޒާހަތްތެރިކަމަށް ލޯބިކުރުމަށް ބާރުއެޅުމާއި، ސުކޫލުތަކުގެ 8،9،10 އަދި 11،12 ގެ ދަރިވަރުން ސުކޫލުން ނިމޭއިރުގައި އެކުދިންނަކީ ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަނެފައިވާ ނަޒާހަތްތެރިކަމާއި އެކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް އަށަގަނެފައިވާ ދަރިވަރުންތަކަކަށްވުމަށް އެހީތެރިވެދިނުމެވެ.
މި ޕްރޮގްރާމްގައި މައުލޫމާތުދެއްވަވާނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ކަމާގުޅޭ ބޭފުޅުންނެވެ. މި ޕޮރޮގްރާމްގައި ވިހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެދެއްވުމަކީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވަރަށްބޮޑު އެދުމެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×