އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނާއިބުރައީސްކަމުގެ މަޤާމަށް އަލުން ބޭފުޅުން ހަމަޖައްސައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނާއިބުރައީސްކަމުގެ މަޤާމަށް އަލުން ބޭފުޅުން ހަމަޖައްސައިފި

17 Oct 2010

Luthfy

Muawiz

13 އޮކްޓޯބަރ 2010ވީ ބުދަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 5 ވަނަ މެމްބަރަކު އައްޔަން ކުރެއްވުމާގުޅިގެން، ކޮމިޝަނުގައި މިހާރު ތިއްބެވި 5 މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކަށްވެސް ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބުރައީސަށް ވެވަޑައިގަތުމުގެ ފުރުޞަތު ދެއްވަންޖެހޭނެކަމަށް ފެނިވަޑައިގަންނަވާތީ، ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފީޢުއާއި، ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ވަނީ އެބޭފުޅުންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނުގެ ރައީސާއި، ނާއިބުރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަނުގެ ރައީސްއާއި ނާއިބުރައީސް ޢައްޔަންކުރުމަށް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު، ކޮމިޝަނުގެ ރައީސްކަމަށް ހަމަޖައްސާފައިވަނީ ސ.ހިތަދޫ ރަންފަސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ. އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް ހަމަޖައްސާފައިވަނީ ގދ.ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދު އެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×