އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާމެދު ޢަމަލު ކުރެއްވި ގޮތެއް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާމެދު ޢަމަލު ކުރެއްވި ގޮތެއް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގައިފި

31 May 2010

ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2006/03)ގެ 49ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހައްދަވާފައިވާ މާލިއްޔަތު ގަވާއިދަށް 11 ފެބްރުއަރީ 2009ން ފެށިގެން ޢަމަލުކުރަން ފެށުމާ ގުޅިގެން އެގަވާއިދު މިކޮމިޝަނުން ދިރާސާކުރިކުރުމުގައި އެގަވާއިދަށް ބައެއް ބަދަލުތައް ގެންނަން ޖެހޭކަން ފާހަގަ ކުރެވުމާގުޅިގެން ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަން ފެންނަ ބައެއް އިޞްލާޙުތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް، 19 މާޗް 2009ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވެއެވެ.

މި އިޞްލާޙުތަކަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިދިނުމުގެ ގޮތުން ވީހާވެސް އަވަހަކަށް ބަދަލު ގެންނަންޖެހޭ ކަންތައްތަކެއްކަމަށް ދެކެމެވެ.

ނަމަވެސް، މި ހުށަހެޅުންތަކާ ގުޅިގެން މިހާތަނަށް އެއަށް އެއްވެސް ޢަމަލީ ސިފައެއް އައިސްފައި ނުވުމާއެކު އެއިޞްލާޙުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޢަމަލު ކުރެއްވިގޮތެއް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވާނީ އެންގިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×