މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވާފައިވާ 410 ނަންބަރ އެކައުންޓުން، އަދާލަތުޕާޓީގެ އިސް 3 މެމްބަރުންނަށް ފައިސާ ދެއްވާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވާފައިވާ 410 ނަންބަރ އެކައުންޓުން، އަދާލަތުޕާޓީގެ އިސް 3 މެމްބަރުންނަށް ފައިސާ ދެއްވާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލ

24 Mar 2010

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވާފައިވާ 410 ނަންބަރ އެކައުންޓުން، އަދާލަތުޕާޓީގެ އިސް 3 މެމްބަރުންނަށް ފައިސާ ދެއްވާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ކަންހިނގާފައިވާގޮތް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި މިކަމުގައި ކޮރަޕްޝަން އަމަލެއް ހިނގާފައިވާކަން ބެލެވޭކަންނެތެވެ.

މިމައްސަލައާ ގުޅިގެން މިނިސްޓްރި އޮފް އިސްލާމިކް އެފެއާރޒްގެ ލިޔުންތައް ބެލިބެލުމުގައި ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.
01. 08 އޭޕްރިލް 2009ގައި ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ މޯލްޑިވްސް އޮފީހުގެ ފަރާތުން މިނިސްޓްރި އޮފް އިސްލާމިކް އެފެއާރޒަށް ފޮނުވާފައިވާ ސިޓީގައި ބޭންކް އޮފް މޯލްޑިވެސްގެ ނަންބަރ 000021 ޗެކުން ދިން 3600.00 ޔޫ.އެސް ޑޮލަރަކީ ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީން “ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް އިސްލާމް އިން މޯލްޑިވްސް”އަށް އެލަވަންސްގެ ގޮތުގައި ދިން ފައިސާކަމަށް ބަޔާންކޮށްފައިވެއެވެ.
02. ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް އިސްލާމް އިން މޯލްޑިވްސްގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ 3 ބޭފުޅުންކަމާއި އެއީ ފަޟީލަތުއްޝައިހު މުހައްމަދު ޝަހީމް އަލީ ސަޢީދާއި، ފަޟީލަތުއްޝައިހު އިލްޔާސް ޙުސައިންއާއި، ފަޟީލަތުއްޝައިހު އިބްރާހީމް ރުޝްދީކަމާއި މިއިން ކޮންމެ ބޭފުޅަކަށް މަހަކު 219 ޔޫ.އެސް ޑޮލަރުގެ ރޭޓުން އެފައިސާ ދިނުމަށް ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީން ފޮނުވާފައިވާ ސިޓީއަކުން އަންގާފައިވެއެވެ.
03. މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީން 21 އޭޕްރީލް 2009ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާފައިވާ ސިޓީގައި ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީގެ ފަރާތުން ފޮނުވާފައިވާ 3600.00 ޔޫ.އެސް ޑޮލަރަށްވާ ދިވެހި ފައިސާ 601ނަންބަރ އެކައުންޓަށް ޖަމާކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެކައުންޓް ނަންބަރ 401 އަށް ޓްރާންސްފަރ ކުރުމަށްޓަކައި އެމިނިސްޓްރީއަށް އަންގައިދިނުމަށް އެދިފައިވެއެވެ.
04. ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ މޯލްޑިވްސް އޮފީހުގެ ފަރާތުން “ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް އިސްލާމް އިން މޯލްޑިވެސް”ގެ މެންބަރުންނަށް ދިނުމަށް ފޮނުވާފައިވާ ފައިސާ އެ 3 މެންބަރުންނަށް ދިނުމަށްޓަކައި 22 އޮކްޓޯބަރ 2009ގައި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް، މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވެއެވެ.
05. ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ މޯލްޑިވްސް އޮފީހުގެ ފަރާތުން “ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް އިސްލާމް އިން މޯލްޑިވެސް”ގެ މެންބަރުންނަށް ދިނުމަށް ފޮނުވާފައިވާ 3600.00 ޔޫ.އެސް ޑޮލަރަށްވާ ދިވެހި ފައިސާ 3 ބޭފުޅުންނަށް ހަމަޔަށް ބެހުމަށްފަހު 3ބޭފުޅުންނާ ޙަވާލުކޮށްފައިވެއެވެ.
މީގެއިތުރުން ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ މޯލްޑިވްސް އޮފީހުގެ ފަރާތުން 18 ނޮވެމްބަރ 2009ގައި ނެރެފައިވާ ނޫސްބަޔާނުގައި ފަޟީލަތުއްޝައިހު މުހައްމަދު ޝަހީމް އަލީ ސަޢީދާއި، ފަޟީލަތުއްޝައިހު އިލްޔާސް ޙުސައިންއާއި، ފަޟީލަތުއްޝައިހު އިބްރާހީމް ރުޝްދީއަކީ އެޖަމިއްޔާގެ ފަރާތުން ރާއްޖޭގައި ތިއްބަވާ ޝަރަފްވެރި މަންދޫބުންގެ ގޮތުގައި އެޖަމިއްޔާގެ މަރުކަޒީ އިދާރާއިން އައްޔަންކޮށްފައިވާ 3ބޭފުޅުންކަމަށާއި އެބޭފުޅުން އެމަގާމް ފުރުއްވަމުން ގެންދަވާތީ ރަމްޒީ އެލަވަންސްގެ ގޮތުގައި އެޖަމިއްޔާގެ ފަރާތުން މަހަކު 219 ޔޫ.އެސް ޑޮލަރު އެބޭފުޅުންނަށް ދެއްވާގޮތަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން ހަމަސްދުވަހުގެ ފައިސާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް އެބޭފުޅުންނަށް ދެއްވުމަށް ފޮނުވުނުކަމަށް ބާޔާންކޮށްފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×