އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެ ތަޙްޤީޤުޓީމެއް އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެ ތަޙްޤީޤުޓީމެއް އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ

17 Feb 2010

ތިލަދުންމަތީ އުތުރުބުރިއާއި، ތިލަދުންމަތީ ދެކުނުބުރިއާއި، މާޅޮސްމަޑުލު އުތުރުބުރީގައި ހުރި ސަރުކާރުގެ ބައެއް ދާއިރާތަކުގެ މުވައްޒަފުންނާ ބެހޭގޮތުން މިކޮމިޝަނަށް ހުށަހެޅިފައިވާ 24 މައްސަލައެއް ބެލުމަށްޓަކައި ކޮމިޝަނުގެ 2 ޓީމެއް އެ 3 އަތޮޅުގައި މިހާރު ތަޙްޤީޤު ކުރަމުން އެބަގެންދެއެވެ.

އެ ޓީމުތަކުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދުމާއި އަދި ގާތްފަރާތްތަކަށް ނާޖާޢިޒު ފައިދާ ހޯދައިދިނުމުގައި ސަރުކާރުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވުމާއި، ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައި ރައްޔިތުންގެ އިންޖީނުގޭގެ ފައިސާއާ ތަކެއްޗަށް ޚިޔާނަތްތެރިވެފައިވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފައިސާއަށް ޚިޔާނަތްތެރިވުމާއި، ގަވާއިދާ ޚިލާފަށް ރައްރަށުން އެކިކަންކަމަށް ބިންދޫކުރުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ބައެއް އިދާރާތަކުން ޚަރަދުކުރަމުން ދިއުމާބެހޭ މައްސަލަތަކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×