ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރަށްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރަށްވައިފި

25 Jul 2016

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން 21 ޖުލައި 2016 ގައި ސޮއިކުރައްވައިފިއެވެ. ވަޢުދުގައި ސޮއިކުރުން ބޭއްވުނީ ވޭސްޓް މެނޭޖްމެންޓް ލިމިޓެޑްގެ މުވައްޒަފުންނަށް ހިންގުނު އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕް ނިންމުގެ ރަސްމިއްޔާތުތެރެއިންނެވެ. މިރަސްމިއްޔާޓު ބޭއްވުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ރޫމުގައެވެ. ނަޒާހަތްތެރިކަމުގެ ގަޢުމީ ވަޢުދުގައި އެކޯޕަރޭޝަނުގެ 25 މުވައްޒަފުން ސޮއިކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމެންޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ އަލްފާޟިލް އިބްރާހީމް ފުއާދު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ އެންމެހާ މުވައްޒަފުން މަސައްކަތްކުރާނީ ނަޒާހަތްތެރިކަން އިސްކޮށް ފަސާދައަށް ނޫނެކޭ ބުނަމުން ކަމުގެ ޔަގީންކަން ދެއްވިއެވެ. ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ނައިބް ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ވަނީ ވޭސްޓް މެނޭޖްމެންޓް ލިމިޓެޑްގެ އިސްވެރިން ނަޒާހަތްތެރިކަން ކުރިއަރުވާ ކޮރަޕްޝަނަ ދެކޮޅަށް މަސައްކުރުމަށް އިސްނެންގެވި ކަމަށްޓަކާ ޝުކުރުއަދާ ކުރެއްވިއެވެ. އަދި މި މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×