ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ގދ. ތިނަދޫގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި

17 May 2016

ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ގދ. ތިނަދޫގައި ހިންގައިފިއެވެ. ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު މި ވޯކްޝޮޕްގައި މި ދެ އަތޮޅުގެ ސްކޫލްތަކުން 42 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގދ އަދި ގއ ސްކޫލްތަކުގެ ފައިސާއާއިބެހޭ މުވައްޒަފުންނަށް ހިންގި “ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމް” ގެ ތެރެއިންނެވެ.

އޭސީސީން ކުރިއަށް ގެންދަން ފަށާފައިވާ “އިންޓެގްރިޓީ ފޯރ ޓީޗަރޒް” ޕްރޮގްރާމުވެސް މިޙަރަކާތުގެ ތެރެއިން ގދ.ތިނަދޫގެ ސްކޫލްތަކުގެ ޓީޗަރުންނަށް ވަނީ ހިންގާފައެވެ. މި މެއިމަހުގެ 10 އަދި 11 ގައި ހިންގި މި ޙަރަކާތްތައް ހިންގާފައިވަނީ ތިނަދޫ އަބޫބަކުރު ސްކޫލްގައެވެ. ނަޒާހަތްތެރި ދަރިވަރުންތަކެއް ބިނާކުރުމަށް މުދައްރިސުންގެ ދައުރު އަދާކުރާންގޮތް ބުނެދެވުނު މި ވޯކްޝޮޕްގައި ތިނަދޫ ސްކޫލުންނާއި އަބޫބަކުރު ސްކޫލުން 37 އެކަޑެމިކް ސްޓާފުން ބައިވެރިވިއެވެ.

އެކަޑެމިކް އިންޓެގްރިޓީ އާ ބެހޭގޮތުން ދަރިވަރުންނަށް ހިނގުނު 2 ސެޝަނެއް ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލްގެ ދަރިވަރުންނަށް 12 މޭ 2016ގައި ބޭއްވުނެވެ. ވަކިވަކިން ބޭއްވުނު މި ސެޝަންތަކުގައި ޖުމްލަ 99 ދަރިވަރުން ބައިވެރިވިއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×