ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި. | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި.

09 May 2016

ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި މީގެ އިތުރުން ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. 2014 ވަނަ އަހަރު ތަޢާރަފްކުރެވުނު މި އިނާމު މިއަހަރު ވަނީ ބަދަލުތަކަކާއެކު 2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާގައި ލޯންޗްކުރެވިފައެވެ. މިގޮތުން ތަފާތު 5 އިނާމެއް މިއަހަރު ދިނުމަށް ހަމަޖެހިފައިވެއެވެ. އެ އިނާމު ތަކަކީ:

  • ދައުލަތުގެ އިދާރާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • ކުންފުނިތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • މަދަނީ ޖަމުޢިއްޔާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • މީޑިއާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • ފަރުދުންނަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު

މި އިނާމާއި ގުޅޭ ތަފްޞީލު އަދި އިނާމަށް ހޮވުމުގައި ބެލޭނެ މައިގަނޑު ބައިތަކާއި، އިނާމަށް ކުރިމަތިލުމުގެ ޝަރުތުތައް ހިމެނޭ ގައިޑްލައިން މިހާރު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވެބްސައިޓްގައިވަނީ ޝާއިޢު ކުރެވިފައެވެ. އިނާމްތަކަށް ކުރިމަތިލާ ފޯމު ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 29 ނޮވެންބަރު 2016 ގެ 14:00 އެވެ.

މި އިނާމާއި ގުޅޭ ތަފްޞީލު



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×