ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޒުވާނުންގެ ހަވީރެއް ބާއްވައިފި

28 Apr 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނަޒާހަތްތެރި ޒުވާނުންގެ ނަމުގައި 22 އެޕްރީލް 2016ގައި ފުވައްމުލަކުގައި ޒުވާނުންގެ ހަވީރެއް ބާއްވައިފިއެވެ. މިހަވީރަކީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ ފޯވަހީގެ ނަމުގައި ފުވައްމުލަކުގައި ހިންގަމުންދާ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މި ހަވީރު ހުޅުއްވައި ދެއްވާފައިވަނީ ޏ.އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާންއެވެ.

މި ހަވީރަކީ ޒުވާނުންނަށް ކޮރަޕްޝަނާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުންނާއި، ނަޒާހާތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކުރަމުންދާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބޭއްވުނު ހަވީރެކެވެ. މި ހަވީރުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ވިލާ ކޮލެޖާއި، ޒިކުރާ ފައުންޑޭޝަނާއި އަދި މި ކޮމިޝަނާއި ގުޅުންހުރި މައުލޫމާތުތައް ޒުވާނުންނަށް ދިނުމަށްޓަކައި ސްޓޯލްތަކެއް ބެހެއްޓިފައިވެއެވެ. މީގެ އިތުރުން  ޒުވާނުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާރުއަޅާ ތަފާތު ހަރަކާތްތައް ޒުވާނުންނާ ގުޅޭ ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއެކު މިހަވީރުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×