ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުން ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުން ބާއްވައިފި

21 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ހިމެނައިގެ ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު (21 އެޕްރީލް 2016) ގައި ސޮއިކުރުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މުޅިރާއްޖޭގައި ކުރިއަށް ގެންދިޔަ މިޙަރަކާތުގެ ތެރެއިން އޭސީސީގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން އާލާކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ޙަރަކާތް ފުވައްމުލަކުގައި ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، ރާއްޖޭގެ ރަށްރަށުގައި ހުރި ދައުލަތުގެ ގިނަ އިދާރާތަކެއްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ނަޒާހަތްތެރި ކަމުގެ ޤައުމީ ވައުދުގައި ރާއްޖޭގެ ރަށްރަށުން ސޮއިކުރުމުގެ ހަރަކާތް ރަސްމީކޮށް ފެށުމުގެ ޚާއްޞާ ރަސްމިއްޔާތު، ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވިއިރު، މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ފަލާޙް އެވެ. އެގޮތުން، ފުވައްމުލަކުގައި ބޭއްވި މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި ހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން ބައިވެރިވިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×