ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގެ ބިނާއެއް ހުޅުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގެ ބިނާއެއް ހުޅުވައިފި

21 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން “ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު” ގެ ބިނާއެއް މިއަދު (21 އެޕްރީލް 2016) ހުޅުވައިފިއެވެ. މި ބިނާ ހުޅުވާފައިވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފުވައްމުލަކުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ޤައުމީ ނަޒާހަތްތެރިކަމުގެ ޤައުމީ ބިނާ ހުޅުވުމަށް ފުވައްމުލަކު އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ބިނާ ހުޅުވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޟިރާރުއެވެ.

މި ބިނާއަކީ، ޢާއްމުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަނާ ދެކޮޅަށް  ހޭލުންތެރިކުރުމުގެ ގޮތުން ފުވައްމުލަކުގެ އެއަރޕޯޓުން އަރައި ފައިބާ ހުރިހާ ފަރާތްތަކަށް “ނަޒާޙަތްތެރިކަމުގެ ގައުމީ ވައުދު” ފަސޭހައިން ފެންނާނޭގޮތަށް ފުވައްމުލަކު އެއަރޕޯޓުގައި ބެހެއްޓިފައިވާ ބިނާއެކެވެ.

ފުވައްމުލަކު އެއަރޕޯޓާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާދެމެދު ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުން މި ރަސްމިއްޔާތުގައި “ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު” ގެ ބިނާ ގެ މިލްކުވެރިކަން ފުވައްމުލަކު އެއަރޕޯޓާ ޙަވާލުކުރެވުނެވެ. އޭސީސީގެ ފަރާތުން މި ބިނާ ޙަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއެވެ. އެއަރޕޯޓުގެ ފަރާތުން މި ބިނާއާ ޙަވާލުވެދެއްވީ އެއަރޕޯޓުގެ ފަޔަރ އޮފިސަރ އިބްރާހީމް ޔޫސުފެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×