ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބޭއްވުނު ސްކޫލް ދަރިވަރުންގެ ކުއިޒް މުބާރާތް ނިންމާލައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބޭއްވުނު ސްކޫލް ދަރިވަރުންގެ ކުއިޒް މުބާރާތް ނިންމާލައިފި

16 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު (16 އޭޕްރީލް 2016) ފުވައްމުލަކު ހާފިޒު އަޙްމަދު ސްކޫލުގައި ބޭއްވުނު ކުއިޒް މުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުން ވާދަކޮށް، ފައިނަލްގައި ބައްދަލުކޮށްފައިވަނީ ހާފިޒު އަޙްމަދު ސްކޫލާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމުގެ މަޤުޞަދުގައި ބޭއްވުނު މި މުބާރާތުގެ ފައިނަލް ގައި ބައްދަލުކުރި 2 ސްކޫލްގެ ތެރެއިން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. މުބާރާތުން އެއްވަނަ އަދި ދެވަނައަށް ދިޔަ ސްކޫލަށާއި، މުޅި މުބާރާތުގެ 1 ވަނައަށް ހޮވޭ ދަރިވަރަށް އިނާމާއި ސެޓްފިކެޓް ޙަވާލުކުރުން އޮންނާނީ، ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 21 އެޕްރީލްގައި ފުވައްމުލަކުގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×