ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަކުރަނީ

13 Apr 2016

 

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް އޭސީސީން ތައްޔާރުވެއްޖެއެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހަކީ 21 އެޕްރީލް ކަމަށް ކަނޑައަޅާފައިވާއިރު، އެދުވަހަކީ ދިވެހިރާއްޖޭއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް ރަސްމީ ސިފައެއްގައި ފެށުމުގެ ގޮތުން 21 އެޕްރީލް 1991 ގައި މުއައްސަސާއެއް އުފައްދައި މަސައްކަތް ފެށި ދުވަހެވެ.

މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ ކޮރަޕްޝަނުގެ ގެއްލުމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމާއި، ކޮރަޕްޝަން ނައްތާލުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މިދެންނެވި މަޤުޞަދުތައް ޙާޞިލްކުރުމަށް މިއަހަރުގެ “ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް” ފުވައްމުލަކުގައި ބޭއްވުމަށް މިކޮމިޝަނުން ހަމަޖައްސާފައިވާއިރު، ފުވައްމުލަކުގައި މިދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި 13 އެޕްރީލް 2016 އިން ފެށިގެން އޭސީސީގެ ޓީމްތައް ފުވައްމުލަކުގައި ހަރަކާތްތެރިވާނެއެވެ. މި ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ރަސްމީ ޙަރަކާތްތައް ފެށިގެންދާނީ 16 އެޕްރީލް 2016 ގައި ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކޫލް ކުދިންގެ ސުވާލު މުބާރާތުންނެވެ.

16 – 23 އެޕްރީލް 2016 ގެ ނިޔަލަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި، ސްކޫލް ކުދިންގެ ސުވާލު މުބާރާތާއި، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތާއި، ބެލެނިވެރިނާއި، ޓީޗަރުންނާއި، ކްލަބް ޖަމިއްޔާތައް އަދި ސްކޫލް ދަރިވަރުންނަށް ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކާއި، ފުވައްމުލަކުގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އެސީސީގެ މުވައްޒަފުންނާ ދެމެދު ކުރެވޭ ބަހުޘް އާއި، ޑޯރ-ޓު-ޑޯރ ކޭމްޕޭން އާއި، އެކުވެރިކަމުގެ ފުޓްބޯޅަ މެޗް އާއި، ޕަބްލިކް ފޯރަމް އާއި، ސްކޫލްތަކުގެ ދަރިވަރުންގެ އެސެންބްލީ އާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިފްތިތާހުކުރުމާއި، ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގެ ހަނދާނީ ބިނާއެއް ބެހެއްޓުމާއި، ދުވަހާއި ގުޅުވައިގެން ބާއްވާ ޚާއްޞަ ޖަލްސާ އާއި، ދީނީ ދަރުސް އާއި، ޒުވާނުންގެ ހަވީރު އާއި، ކުޑަކުދިންގެ ހަވީރު ކުރިއަށްގެންދެވޭނެއެވެ. މީގެއިތުރުން، ފުވައްމުލަކުގައި ކުރިއަށްގެންދާ ހަރާކާތްތައް ނިންމާލުމަށްފަހު މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ބަލާއިރު، ކުޑަކުދިންގެ ހިޔާގައި ހަވީރެއް ބޭއްވުމުގެ އިތުރުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދެވޭނެއެވެ.

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި، މާލީގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދެއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެހެނިހެން ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. މީގެއިތުރުން، މި ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ރަސްމީ ޙަރަކާތްތަކުގައި ފުވައްމުލަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި، ސްކޫލްތަކާއި، ޖަމުޢިއްޔާ ޖަމާއަތްތަކާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުން ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުންދާކަން ފާހަގަކުރަމެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×