ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދު ބޯޑް އިފްތިތާޙު ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދު ބޯޑް އިފްތިތާޙު ކޮށްފި

10 Dec 2015

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަފާތު ޙަރަކާތްތައް އިންތިޒާމުކޮށް ކުރިޔަށް ގެންގޮސްފިއެވެ. މިގޮތުން މި ދުވަހާ ގުޅުވައިގެން ހުރަވީ ބިލްޑިންގގެ ތިރީ ޕޯޓީކޯގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދު ބޯޑެއް ބަހައްޓާ، ލޯންޗްކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.
ނަޒާހަތްތެރިކަމުގެ ވަޢުދުގެ މައިގަނޑު މަޤުސަދަކީ ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވުމާއި ނަޒާހަތްތެރިވުމަށް ބާރުއެޅުމެވެ. މިވަޢުދުގައި ދައުލަތުންދޭ ޚިދުމަތްތައް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމުގައި ދެފުށްފެނާނޭހެން ކަންކަން ކުރުމާއި ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހި ނުވާނެގޮތުގެ މަތީން ކުރުމަށް ދައުލަތުގެ މުވައްޒަފުން އިލްތިމާސް ކޮށްފައިވެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ދައުލަތުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ހިންގާ ހަރަކާތް ތަކުގެ ތެރެއިން ހިންގާ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމުގެ ޕްރޮގްރާމަކީ ދައުލަތުގެ އެންމެހާ މުވައްޒަފުނަށް ޢާއްމުކޮށް ހުޅުވާލެވިގެންކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ.
9 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިބޯޑު އިފްތިތާޙްކޮށްދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝަފީޢު އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×