ަބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ފޮޓޯ މުބާރާތުން ވަނަތަކަށް އައި ފަރާތްތަކަށް އިނާމު | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ަބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ފޮޓޯ މުބާރާތުން ވަނަތަކަށް އައި ފަރާތްތަކަށް އިނާމު

10 Dec 2015

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢާއްމުކޮށް ހުޅުވާލައިގެން ފޮޓޯ ކޮންޓެސްޓެއް ބާއްވާ، ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ. މިމުބާރާތުގެ ތީމްއަކީ “ކޮރަޕްޝަންގެ ނޭދެވޭ އަސަރު” އެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމާއި ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ޢާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. މިމުބާރާތަކީ ފޭސްބުކް ބޭނުންކޮށްގެން ކުރިޔަށް ގެންދެވުނު މުބާރާތެކެވެ.
ފޮޓޯގެ ލައިކްސް އަށާއި ޖަޖުންގެ މާކްސް އިން ވަނަހޮވާ މިމުބާރާތުގެ 1 ވަނަ ޙާޞިލުކޮށްފައިވަނީ ރ.އަލިފުށީ ސޯސަންވިލާ މުޙައްމަދު އަޙްމަދު ދީދީ، އެވެ. 2ވަނަ ހޯދާފައިވަނީ ށ.މިލަންދޫ ބުލޫހެވަން މުޙައްމަދު ސާމީ އެވެ. އަދި 3 ވަނަ ޙާޞިލު ކުރީ ށ.ނަރުދޫ މަނާޒު އަޙްމަދު ނަވާޒެވެ. ބައިނަލް އަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މިމުބާރާތުގެ ވަނަވަނަ ހާސިލް ކުރިފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުންވަނީ ޙަވާލު ކުރެވިފައެވެ. އިނާމްތައް ހަވާލުކޮށްދެއްވީ ޕްރިސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމްއެވެ. މިމުބާރާތައް ފަންޑުލިބިފައިވަނީ ޔޫއެންޑްޑީޕީ އިންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×