ނަޒާހާތްތެރި ސިވިލް ސަރވިސްއެއް ޤާއިމްކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހާތްތެރި ސިވިލް ސަރވިސްއެއް ޤާއިމްކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގައި އޭސީސީއިން ބައިވެރިވެއްޖެ

12 Oct 2015

ސިވިލްސަރވިސްގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމާއި، ނަޒާހަތްތެރިކަން އިތުރުކުރުމުގެ ބޭނުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބާއްވާ މަސައްކަތު ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. އޮކްޓޯބަރ 11 އިން 12 އަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އަމާޒު ކުރެވެނީ ސިވިލް ސަރވިސްގެ އިދާރާތަކުގައި ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2014 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން “ނަޒާހާތްތެރި ސިވިލް ސަރވިސް” މި މައުޟޫޢުގެ ދަށުން ހުށަހަޅާފައިވާ 4 ކަރުދާހުގައި ފާހަގަކުރެވުނު ކަންތައްތަކަށް ހައްލުހޯދުމަށް މި ބައްދަލުވުން ތަކުގައި ދަނީ މަޝްވަރާކުރެވެމުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭސީސިއިން ވަނީ “ސިވިލްސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ 2014 އިން ފާހަގަކުރެވުނު ކަންތައްތައްކަށް ޙައްލުހޯދުން” މި މައުޟޫއަށް ކަރުދާހެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ސިވިލްސަރވިސް މުވައްޒަފުން ޢާއްމުގޮތެއްގައި ކޮރަޕްޝަނާ އަދި ނަޒާހަތްތެރިކަމާމެދު ދެކޭގޮތާއި، ސިވިލްސަރވިސް މުވައްޒަފުން މަސައްކަތު މާހައުލުގައި ތަޖުރިބާކޮށްފައިވާ ކޮރަޕްޝަން ޢަމަލުތައް ދެނެގަތުމާއި ސިވިލްސަރވިސްގެ އިދާރާތަކުގައިވާ ކޮރަޕްޝަންގެ ރިސްކް އޭރިއާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ބަދަލު ކުރެވުނެވެ. ހަމަ މިއާއެކު، ފާހަގަކުރެވުނު ބައެއް މައްސަލަތައް ޙައްލުކުރުމުގައި ޤައުމީ ނަޒާހާތްތެރިކަމުގެ ޕްލޭނާ ގުޅުވާލައިގެން ކުރެވިދާނެ ކަންތައްތަކާއި ކަންކުރަންވީ ގޮތްތަކުގެ މައްޗަށް ގްރޫޕްތަކުގައި މަޝްވަރާކޮށް ބައިވެރިންގެ ޚިޔާލު ހޯދުނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×