ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ގއ. އަތޮޅުގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

12 Sep 2015

ޢާއްމު ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމާއި، ނަޒާހަތްތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ސެޕްޓެންބަރު 11 އިން 17 އަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ހިންގޭނީ ގއ. އަތޮޅުގެ 6 ރަށެއްގައެވެ. މިފަހަރު މި ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވަނީ ވިލިގިނލި، ކޮލަމާފުށި، މާމެންދޫ، ގެމަނަފުށި، ދާންދޫ އަދި ނިލަންދޫގައެވެ. ހޭލުންތެރި ކުރުމުގެ މި ޕްރޮގްރާމް އަމާޒު ކުރެވޭނީ ދައުލަތުގެ މުވައްޒަފުންށާއި އާޢްމުންނަށެވެ.
ކޮންމެ ރަށެއްގައި ވަކިވަކީން ހިންގުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި ދައުލަތުގެ މުއައްސަސާ ތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވަނީ 1 ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާއި އަދި ޕްރޮކިއުމެންޓާއި ގުޅޭ މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންކަތައްތަކާއި ޢާއްމު ޚިދުމަތުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތާ ބެހޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. ހަމަ މިއާއެކު، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތް ބުނެދެވޭނެއެވެ.
މީގެ އިތުރުން ނަޒާހަތްތެރިކަން ކުރިއަރުވާ ކޮރަޕްޝަނާމެދު ޢާއްމުން ހޭލުންތެރިކުރުވުމަށް ކޮންމެ ރަށެއްގައި ޢާއިލީ ހަވީރެއް ކުރިއަށް ގެންދެވޭނެއެވެ. މި ޢާއިލީ ހަވީރުގައި ކުއިޒާއި ކުޅިވަރުތަކުގެ އިތުރުން މަޢުލޫމާތު ދިނުން ކުރިޔަށް ގެންދެވޭނެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×