އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން “ފުރަތަމަ 101 ސުވާލާއި ޖަވާބު” ގެ ނަމުގައި ސުވާލާ ޖަވާބު ފޮތެއް ނެރެފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން “ފުރަތަމަ 101 ސުވާލާއި ޖަވާބު” ގެ ނަމުގައި ސުވާލާ ޖަވާބު ފޮތެއް ނެރެފި

24 Aug 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން “ފުރަތަމަ 101 ސުވާލާއި ޖަވާބު” ގެ ނަމުގައި، ކޮރަޕްޝަނާބެހޭ މަޢުލޫމާތު ހިމެނޭ ސުވާލާ ޖަވާބު ފޮތެއް ނެރެފިއެވެ. މި ފޮތް ނެރެދެއްވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ ޕޮލިސީ އިފްތިތާޙްކުރުމާއި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރުމަށް، 24 އޯގަސްޓް ވީ ހޯމަ ދުވަހު ހެނދުނު 10:00 ގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އޮޑިޓަރ ޖެނެރަލްއަލްފާޟިލް ޙަސަން ޒިޔާތުއެވެ.

މި ފޮތަކީ، ކޮރަޕްޝަނާއި ގުޅުންހުރި، އަދި ކޮރަޕްޝަނުން ދުރުވުމާއި ނަޒާހަތްތެރިކަމާ މެދު އާންމުކޮށް ކުރެވޭ ސުވާލުތަކަށް ފަސޭހައިން ޖަވާބު ލިބޭނެފަދަ މަގެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކޮމިޝަނުން އެކުލަވާލި ފޮތެކެވެ. މި ފޮތުގައި ހިމެނޭ ސުވާލުތައް އަމާޒުކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި، ކޮމިޝަންގެ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާއި، ފޮތް އުފެއްދި އިރު ރާއްޖޭގެ ޤާނޫނުގެ އޮނިގަނޑުގައި ކޮރަޕްޝަންގެ ކުށްތައް މާނަކުރެވޭ ގޮތް އަދި މިނޫންވެސް ދާއިރާތައް ހިމެނޭނެއެވެ. މިފޮތް އެންޓި-ކޮރަޕްޝަން ކޮމިޝަނުންނާއި ކޮމިޝަންގެ ވެބްސައިޓް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލްގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރއާއި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި މެމްބަރުންނާއި އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×