ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޖޫން 5-13 އަށް ބ.އަތޮޅު އަދި ދ.އަތޮޅުގެ ރަށްރަށުގައި އެންޓި-ކޮރަޕްޝަން ޓްރޭނިންގ ވަރކްޝޮޕްތަކެއް ބާއްވަނީ

07 Jun 2015

 

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ސިލްސިލާގެ ދަށުން، މިހިނގާ ޖޫން މަހުގެ 5-13 އަށް ބ. އަތޮޅު އަދި ދ.އަތޮޅުގެ ބައެއް ރަށްރަށުގައި އެންޓި-ކޮރަޕްޝަން ޓްރޭނިންގ ވަރކްޝޮޕްތަކަކާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ކުރިޔަށް އެބަދެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވުމާއި، އަދި އެކިއެކި ޙާލަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކަކީ ކޮބައިކަން ވަކިކުރަން އެނގުމާއި، އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމެވެ.

މިގޮތުން، ބ.އަތޮޅުގައި ދެ ގްރޫޕަކުން، ޙަރަކާތްތެރިވަމުން ދާއިރު، ދ. އަތޮޅުގައިވެސް މިކޮމިޝަންގެ ގްރޫޕެއް ޙަރަކާތްތެރިވަމުންދެއެވެ. ބ. އަތޮޅު (ދަރަވަންދޫ، މާޅޮސް، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ) ގައި ޙަރަކާތްތެރިވަމުންދެއެވެ. މިޕްރޮގްރާމްތައް ހިންގަވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނާއި މިފަދަ ޕްރޮގްރާމުތައް ހިންގުމަށް ތަމްރީނު ކުރެވިފައިވާ ޓްރޭނަރުންނެވެ.
މި ޙަރަކާތްތަކުގައި، ދައުލަތުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގޭ ވަރކްޝޮޕްތަކުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި، ކޮރަޕްޝަނާއި، ނަޒާހަތްތެރިކަމާއި، ދައުލަތުގެ ޕްރޮކިޔޯރމަންޓް ނިޒާމްގެ ބައިތައް ހިމެނެއެވެ. އަދި އާންމުންނަށް އަމާޒުކޮށްގެން ބާއްވާ ޙަރަކާތުގައި ހިމެނެނީ އެންޓި-ކޮރަޕްޝަން އަދި ނަޒާހަތްތެރިކަމާ ގުޅޭ އައުޓްޑޯރ އިވެންޓްތަކެކެވެ.

 އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×