ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތަކަށް ކޮމެންޓް ހުށަހެޅުން | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތަކަށް ކޮމެންޓް ހުށަހެޅުން

09 Feb 2015

ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ތަފާތު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާއްމުންގެ ކޮމެންޓްއަށް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތަކަކީ:

ދައުލަތުގެ މުއައްސަސާތައް
– މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
– އޮޑިޓަރ ޖެނެރަލްސް އޮފީސް

ޖަމިއްޔާ ޖަމާޢަތްތައް
– ޓްރާންސްޕޭރެންސީ މޯލްޑިވްސް

ވަކިވަކި ފަރުދުންގެ ކެޓަގަރީއިން އިނާމަށް ނޮމިނޭޓުވުމަށް ބޭނުންވާ މިންވަރަށް މާރކްސް ލިބިފައިނުވާތީ އެކެޓެގަރީއިން އެއްވެސް ފަރާތަކަށް އިނާމު ދިނުމަށް ހަމެޖެހިފައެއްނުވެއެވެ.
މަތީގައިވާ ފަރާތްތަކާ ގުޅޭ ކޮމެންޓެއް ނުވަތަ ޚިޔާލެއް އޮތްނަމަ، މިކޮމިޝަނަށް ލިޔުމުން ނުވަތަ އީމެއިލް (enr@acc.gov.mv) މެދުވެރިކޮށް 26 ފެބްރުވަރީ 2015 ގެ 1400 ކުރިން ހުށަހެޅުއްވުން އެދެމެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×