އެންޓިކޮރަޕްޝަން ކޮމިޝަނާއި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި

03 Mar 2021

އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާޗުމަހުގެ 2 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ އެވެ. އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ، މާލެ ފަރާތުން ސޮއިކުރެއްވީ ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި އެއްބަސްވުމާއި އެކު އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްސްގެ މަސައްކަތާ ގުޅުން ހުރި މަޢުލޫމާތުތަކުގެ އެކްސެސް އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ ތެރެއިން ކޮމިޝަނަށް ލިބިގެންދާނެއެވެ. އެގޮތުން އެކި އެކި ކްރިމިނަލް އިންފޮޝަން ޑޭޓާބޭސްތަކާއި ލޯއެންފޯސްމެންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުން ކުރެވޭގޮތަށް މަގުފަހިވެގެންދާނެ އެވެ.މީގެއިތުރުން މުޢައްޒަފުންނަށް ބޭނުންވާ ތަމްރީނު ލިބިގަތުމަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރަޢީސް ވިދާޅުވީ ތަހުޤީޤުގައި ރަށުގައި ނެތް ފަރާތްތައް ހާޒިރު ކުރުމަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށާއި އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް ލިބުމުން މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވާޗުއަލް އެކަޑަމީ އެކްސެސް އާއި އެކު އިންވެސްޓިގޭޓަރުންނަށް ރަގަޅު ތަމްރީނު ލިބުމަށް މަގުފަހިވެގެންދާނެ ކަން ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިސް ވެރިންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×