އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތްގެ އިސްވެރިންނާއެކު ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފި

07 Jan 2021

މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި އެކު އޭ.ސީ.ސީގެ ފަރާތުން ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެ އިދާރާއަށް ނިސްބަތްވާގޮތަށް އޭ.ސީ.ސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާތު ހިސާބުތަކަށް އަލިއަޅުވާލުމުގެ އިތުރަށް، އޭސީސީ ފަރާތުން ވޭތުވެ ދިޔަ 3 އަހަރު މިނިސްޓްރީ އޮފް ހެލްތަށް ދީފައިވާ ލަފާތައް ހިއްސާކުރެވި، ޕްރޮކިއުމެންޓާއި ވަޒީފާ ދިނުމުގެ ދާއިރާއިން ފާހަގަކުރެވޭ މައްސަލަތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި އެފަދަ މައްސަލަތަކަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި އެ އިދާރާއަށް އެޅިދާނެކަމަށް ފެންނަ ފިޔަވަޅުތަކުގެ މަޢުލޫމާތު ބައިވެރިންނާއި ޙިއްޞާކުރެވުނެވެ. މި ބައްދަލުވުމުގައި މުދަލާއި ޚިދުމަތް ހޯދުމުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް އޭސީސީއަށް ހިއްސާކުރެއްވެވިއެވެ.

05 ޖަނަވަރީ 2021 ވީ އަންގާރަ ދުވަހު މިނިސްޓްރީ އޮފް ހެލްތްގެ މީޓިންގ ރޫމުގައި ބޭއްވި މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ އިސްވެރިންގެ 19 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ. 1 ގަޑިއިރުގެ މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×