ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މ.އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

21 Oct 2020

ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް މ. އަތޮޅު ތައުލީމީ މަރުކަޒުގެ ދޭސީ އަދި ބިދޭސީ މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުން އަދި ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2020 އޮކްޓޫބަރ 15 ވީ ބުރާސްފަތި ދުވަހު ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް ވާޗުއަލްކޮށެވެ. މިޕްރޮގްރާމްގެ ދަށުން ނަގައިދެވުނު 2 ގަޑިއިރުގެ ފުރަތަމަ ޝެޝަންގައި ބައިވެރިވެފައިވަނީ 24 ދޭސީ މުދައްރިސުންނެވެ. އަދި 2 ގަޑިއިރުގެ ދެވަނަ ސެޝަންގައި ބައިވެރިވެފައިވަނީ 11 ބިދޭސީ މުވައްޒަފުންނެވެ. މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×