ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގުރާމުގައި އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައިދީފި

14 Sep 2020

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައި ދީފިއެވެ. ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގްރާމަކީ ކުންފުނިތަކުގެ ޑައިރެކްޓަރުން ފެންވަރުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޒިންމާއާއި މައްޞޫލިއްޔަތު އަންގައިދީ، ސީ.ޖީ ކޯޑާއި ކުންފުނިތަކުގެ ޤާނޫނާއި ޓެކްސްގެ ނިޒާމު އަދި އެންޓި-ކޮރަޕްޝަނުގެ އުސޫލުތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ޑައިރެކްޓަރުން ފެންވަރުގައި މަސައްކަތް ކުރައްވާ ފަރާތަކަށް ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. 2020 ސެޕްޓެންބަރު 9 ވީ  ބުދަ ދުވަހު އޭސީސީ އިން ވާޗުއަލްކޮށް ނަގައިދިން މި ސެޝަނުގައި، އެމް.ޓީ.ސީ.ސީ ގެ ބޯޑުގެ މެންބަރުންނާއި އިސްވެރިންގެ 20 ބޭފުޅަކު ބައިވެރިވިއެވެ. މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 2 ގަޑިއިރުގެ މި ސެޝަން ނަންގަވައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×