ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އޭސީސީގެ ފަރާތުން ލ.ފޮނަދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ހިންގައިފި

17 Mar 2020

ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް ‘މަސަލަސް ރާއްޖެ’ ގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާ ގުޅިގެން ލ.ފޮނަދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން 2020 މާރިޗު 2 ވީ ހޯމަ ދުވަހާއި 2020 މާރިޗު 3 ވީ އަންގާރަ ދުވަހު ޖުމްލަ 2 ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. ކެންޑިޑޭޓުންނާއި އާންމު ރައްޔިތުންނަށް ބޭއްވި މި ސެޝަންތަކުގައި ލ.އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި އިންތިޚާބު ތެރޭގައި ހިނގައިފާނެ ކޮރަޕްޝަންގެ ޢަމަލުތަކަށް ހޭލުންތެރިކޮށް، މިފަދަ ޢަމަލުތައް މަދުކުރުމާއި ނަޒާހަތްތެރިކަށް އިސްކުރުމުގެ މުހިންމުކަމާއި ނަޒާހަތްތެރި ކެންޑިޑޭޓުން އިޚްތިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވައިލައިފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.

‘މަސަލަސް ރާއްޖެ’ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތަކީ އިލެކްޝަންސް ކޮމިޝަނުގެ އިސްނެގުމުގެ މަތިން ތަފާތު 16 މުއައްސަސާއެއް ބައިވެރިވެގެން، ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×