ސުޕަވައިޒަރީ ސްކިލްސް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ސުޕަވައިޒަރީ ސްކިލްސް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފި

09 Feb 2020

ކޮމިޝަނުގެ ސެކްޝަން އަދި ޔުނިޓު ހެޑުންނާއި ތަޙުޤީޤުޓީމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން 05 ގަޑިއިރުގެ ސުޕަވައިޒަރީ ސްކިލްސް ތަމްރީން ޕްރޮގްރާމެއް، 06 ފެބުރުވަރީ 2020 ވީ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ކޮމިޝަނުގައި ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ސުޕަވައިޒްކުރުމުގެ މުހިއްމުކަމާއި، ސުޕަވައިޒަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މުވައްޒަފުންނަށް ޒިންމާތައް ޙަވާލުކުރުމާއި މަސައްކަތްކުރިއަށްދާގޮތް މޮނިޓަރކުރާނެގޮތާއި މުވައްޒަފުންގެ ކުރިއެރުން ވަޒަންކުރާނެގޮތުގެ މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައިދެއްވީ ހެޕީ މާރކެޓް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަލީ އިޙްސާނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަނުގެ 20 މުވައްޒަފުން ބައިވެރިވިއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×