ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި އަނބުރާ ލިބެންޖެހޭކަމަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި އަނބުރާ ލިބެންޖެހޭކަމަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެ

10 Dec 2019

ކޮރަޕްޝަނުގެ ސަބަބުން ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. ކޮމިޝަނުގެ ރައީސް މި ގޮތަށް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވާހާ ގުޅިގެން 9 ޑިސެންބަރު 2019ގައި އޭސީސީ އިން ނެރުނު ބުލެޓިންގެ ޚާއްޞަ އަދަދަށް ދެއްވި ޚިޠާބުގައެވެ.

ކޮރަޕްޝަންގެ ޢަމަލުތައް މަނާކުރާނެ ޤާނޫނެއްގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތައް ކުރާނެ ވަކި ވަކި ފަރުދުން ބޭނުންވާކަމަށާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޖާގަ ނުދިނުމަށް މުއައްސަސާތަކުގެ މުވައްޒަފުން އަޒުމް ކަނޑައަޅަން ޖެހޭކަމަށާއި މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަކީ، ނަޒާހަތްތެރި ދަރިވަރުންތަކެއްގެ ގޮތުގައި ބިނާ ކުރުމަށް މައިންބަފައިންނާއި މުދައްރިސުންގެ ހިއްސާ ބޮޑުކަން ކޮމިޝަނުގެ ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެކަށީގެންވާ ނަތީޖާ ފެންނަންޖެހޭކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީޢަތެއްކޮށް އަދަބު ދެވެންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×