2019ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

2019ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި

05 Nov 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، 9201 ވަނަ އަހަރުގެ ފުރަތަމަ 9މަސްދުވަހުގެ ތެރޭގައި 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 190,674,529.01 (ސަތޭކަނުވަދިހަ މިލިއަން ހަލައްކަ ހަތްދިހަހަތަރުހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ އެއް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާއިރު، އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ، ޖުމްލަ 1,852,713.97 (އެއް މިލިއަން އަށް ލައްކަ ފަންސާސް ދެ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ހަތް ލާރި) އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އޭ.ސީ.ސީން ތަޙްޤީޤްކޮށް ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. އަދި އޭސީސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 78,763.33 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) 2019ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×