އޭސީސީގައި އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމަންޓާގުޅޭ މައްސަލަތައް

23 Oct 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން މި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 157 މައްސަލައެއް މި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވަނީ ޕްރޮކިއުމަންޓާގުޅޭ 40 މައްސަލައެވެ.

މިކުއާޓަރގައި، ދެވަނައަށް އެންމެ ގިނައިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ ވަޒީފާއާގުޅޭ މައްސަލަކަން ފާހަގަކުރެވެއެވެ. އެގޮތުން، ވަޒީފާއާގުޅޭ 63 މައްސަލައެއް މިއަހަރުގެ މިކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 12 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި، ބިމާއި، ގޯތިގެދޮރާއި، ފައިސާއާއި ތަކެތި ބޭނުންކުރުމާއި، ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅޭ ޖުމްލަ 78 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 58 މައްސަލައެއް ވެސް މިކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×