ސ.ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ސ.ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

15 Oct 2019

ސ.ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 އޮކްޓޫބަރު 10 ވީ ބުރާސްފަތި ދުވަހު ސ.އަތޮޅު ސްކޫލްގައެވެ.

2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ސ.ހުޅުމީދޫގެ އެކި މުއައްސަސާތަކުން ޖުމްލަ 20 މުއައްޒަފުން ބައިވެރިވި މި ސެޝަން ހުށަހަޅުއްވާދެއްވީ އޭސީސީ އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ‘ޓްރެއިނިންގ އޮފް ޓްރެއިނަރސް’ ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×