ސ.އަތޮޅު ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ސ.އަތޮޅު ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

15 Oct 2019

ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމް ސ.އަތޮޅު ސްކޫލްގެ މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ. 2019 އޮކްޓޫބަރު 10 ވީ ބުރާސްފަތި ދުވަހު ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލްގައެވެ.

2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަން އަދި ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ.

ސ.އަތޮޅު ސްކޫލްގެ ޖުމްލަ 22 މުދައްރިސުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީ އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ‘ޓްރެއިނިންގ އޮފް ޓްރެއިނަރސް’ ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×