އިންޓަރ ރީޖަނަލް ވަރކްޝޮޕްގައި އޭސީސީއިން ބައިވެރިވެއްޖެ. | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އިންޓަރ ރީޖަނަލް ވަރކްޝޮޕްގައި އޭސީސީއިން ބައިވެރިވެއްޖެ.

19 Sep 2019

ސައުތު އަދި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީތަކަށް އަމާޒްކޮށްގެން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި އެމެރިކަން ބަރ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭބީއޭ އާރއޯއެލްއައި) އިން ކުރިއަށްގެންދާ އިންޓަރ ރީޖަނަލް ވަރކްޝޮޕް، “ދަ ޔޫސް އޮފް އޯޕަން ސޯރސް ޑާޓާ އިން ކްރިމިނަލް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް އޮފް ކޮރަޕްޝަން ކުރައިމްސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރިވެއްޖެއެވެ.

18 ސެޕްޓެންބަރު 2019 އިން 28 ސެޕްޓެންބަރު 2019 އަށް ތައިލޭންޑްގެ ވެރިރަށް ބެންގކޮކްގައި ކުރިއަށް ގެންދާ މި ވަރކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވެފައިވަނީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރ، އަލްއުސްތާޛް އަޙުމަދު ޝާން މުޙައްމަދު، އިންވެސްޓިގޭޝަން އޮފިސަރ، އަލްފާޟިލާ މަރިޔަމް ލިއުޝާ އަދި އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ، އަލްފާޟިލާ އާމިނަތު ޝަފީޤުއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ ފަރާތްތަކަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤު ކުރުމުގައި އޯޕަން ސޯރސް ޑާޓާ އަދި އިންޓެލިޖެންސް ބޭނުން ކުރާނެގޮތްތައް ދަސްކޮށްދިނުމެވެ.

މި ވޯކްޝޮޕްގައި ސައުތު އަދި ސައުތު އީސްޓް އޭޝިޔާގެ ނުވަ ޤައުމަކުން ބައިވެރިވެއެވެ. މި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައި ދެއްވަނީ ޔޫއެންއޯޑީސީ އަދި އޭބީއޭ އާރއޯއެލްއައި ގެ ފަރާތުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×