އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި

07 Sep 2019

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ މިއަދު އާންމުކޮށްފިއެވެ. މި ދިރާސާ ރިޕޯރޓް އާންމުކޮށްފައިވަނީ 05 ސެޕްޓެންބަރ 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި މި ދިރާސާ ނެރެދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނާއިބު ރައީސް އަލްފާޟިލާ އާމިނަތު މިންނާއެވެ.

މި ބައްދަލުވުމުގައި، ދިރާސާ ރިޕޯރޓުގައި ހިމެނޭ މައިގަނޑު ބައިތަކުގެ މައްޗަށް ޕްރެސެންޓޭޝަނެއް އެކުލަވާލައި ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ޕްރިވެންޝަން އެންޑް ރިސަރޗް ޔުނިޓުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުގުމުގެ ދިރާސާ އަކީ 2017 ވަނަ އަހަރު ކޮމިޝަނުން ދައުލަތުގެ ވުޒާރާތަކަށް އަންގާފައިވާ އެންގުންތަކުގެ ތެރެއިން، 10 ވުޒާރާއަކާބެހޭގޮތުން ހުށަހަޅުނު މައްސަލަތައް ބަލަމުންދިޔަ އިރު އާއި މައްސަލަތައް ބަލާ ނިމުމަށްފަހު، ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބިނާކޮށް އިސްލާހު ކުރުމަށް އެންގި 73 ކަމެއް، އިސްލާހު ކުރުމުގައި އެ ވުޒާރާތަކުން ޢަމަލުކޮށްފައިވާގޮތް ބަލާފައިވާ ދިރާސާއެކެވެ. މި ގޮތުން އަންގާފައިވާ އެންގުންތަކާއި ގުޅިގެން ކޮމިޝަނަށް ފާހަގަކުރެވުނު ކަންތަކާއި، އެ އެންގުންތަކާއި ގުޅިގެން ކޮމިޝަނުން މަސައްކަތް ކުރަމުންގެންދާ ގޮތާއި، ހަރުދަނާ ކުރަންޖެހޭ ކަންތައްތައްކަށް ފެންނަ ލަފާއާއި އިރުޝާދު އަދި ދިރާސާ ކުރިއަށް ގެންދިއުމަށް ދިމާވި ގޮންޖެހުންތަކަށް ދިރާސާގައި ބަލާލެވިފައިވެއެވެ. މިދިރާސާ ރިޕޯރޓު ކޮމިޝަނުގެ ވެބްސައިޓުގައިވަނީ ޝާއިޢު ކޮށްފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ ރިޕޯޓް



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×