2019ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއަރޓަރގެ ބިތުފަންގި ބުލެޓިން ނެރެފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

2019ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއަރޓަރގެ ބިތުފަންގި ބުލެޓިން ނެރެފި

07 Sep 2019

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް އާންމުންނާ ހިއްސާކުރުމުގެ މަގްސަދުގައި ނެރެމުންދާ ބިތުފަންގި ތޫރައިގެ ވޮލިއުމް 4 ގެ 1 އަދި 2 ވަނަ އަދަދު ނެރެފިއެވެ. މި އަދަދުތައް ނެރެދެއްވާފައިވަނީ 05 ސެޕްޓެންބަރު 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ އަލްފާޟިލް މާޖިދު ހަސަންއެވެ.

ތޫރައިގެ މި އަދަދުތަކުގައި ކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ މުހިއްމު ދެ މައްސަލައެއްގެ ރިޕޯރޓާއި، ކޮރަޕްޝަނާ ގުޅޭ ރިޕޯރޓުތަކާއި، ކޮމިޝަނުގެ ދެ ކުއަރޓަރގެ ތަފާސްހިސާބު އަދި ކޮމިޝަނުން ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި އާންމުކޮށްފައިވާ ލިޔުންތަކާއި ބެހޭ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ކޮމިޝަންގެ ދެ މުވައްޒަފެއްގެ ޕްރޮފައިލްވެސް ހިމެނެއެވެ. މި ތޫރަތައް ކޮމިޝަނުގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×