މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 04 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 04 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

01 Sep 2019

2019ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ނިންމައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 02 މައްސަލައެއްގައި ޖުމްލަ 04 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް 02 މައްސަލަ  ފޮނުވާފައިވާއިރު، އޭގެތެރެއިން 01 މައްސަލަ ފޮނުވާފައިވަނީ 2 ވަނަ ކުއާޓަރުގައެވެ. އެ މައްސަލައިގައި އެކަކުގެ މައްޗަށް ދަޢުވާއުފުލާފައިވާއިރު، އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއެވެ. އަދި މި މައްސަލައިގައި ޝާމިލްވަނީ ފިރިހެން މުވައްޒަފެއްކަން ފާހަގަކުރެވެއެވެ.  2018ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ދަޢުވާކުރުމަށްޓަކައި އޭ.ސީ.ސީ އިން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. އަދި މި މައްސަލައިގައި 02 ބާވަތެއްގެ ދަޢުވާއެއްކުރުމަށް ފޮނުވާފައިވާއިރު، މި މައްސަލައިގައި ޝާމިލްވަނީ 03 ފަރާތެކެވެ.

މިއަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 3,646,500.00  (ތިން މިލިއަން ހަލައްކަ ސާޅީސްހަހާސް ފައްސަތޭކަ) ރުފިޔާ ހިމެނެއެވެ.

 އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×