ޖަމާލުއްދީން ސްކޫލުގެ މުދައްރިސުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޖަމާލުއްދީން ސްކޫލުގެ މުދައްރިސުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

06 Aug 2019

ޖަމާލުއްދީން ސްކޫލުގެ މުދައްރިސުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 އޮގަސްޓް 1 ވީ ބުދަ ދުވަހު އެ ސްކޫލު ގައެވެ.

2 ގަޑިއިރާ 30 މިނިޓަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ރަނގަޅު ގޮތް އިޚްތިޔާރުކުރުމަށް ބޭނުންކުރެވިދާނޭ 5 ‘އެތިކަލް އެޕްރޯޗް’ ގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި ޕްރޮގްރާމުގައި ސެޝަންތައް ކުރިއަށް ގެންދިޔައީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ބިދޭސީ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިނގިރޭސި ބަހުން ކުރިއަށް ގެންދިޔަ ސެޝަނަކާއި ދިވެހި ބަހުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންތަކުގައި ޖުމްލަ 163 މުވައްޒަފުން ބައިވެރިވެފައިވާއިރު، ސެޝަން ހުށަހަޅައިދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×