ތ.ވޭމަންޑޫގެ ދައުލަތުގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ތ.ވޭމަންޑޫގެ ދައުލަތުގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

21 Jul 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ތ.ވޭމަންޑޫގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް 18 ޖުލައި 2018 ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ. 6 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓް އާ ބެހޭ ބާބަށް ބައިވެރިންވަނީ އަހުލުވެރި ކޮށްފައެވެ. ޖުމްލަ 28 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×