ހއ.ދިއްދޫއިން ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން ޢިޢުލާނުކުރުމަށް ހއ.ދިއްދޫ ކައުންސިލް އިދާރާއަށް އެންގުމާ ގުޅޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ހއ.ދިއްދޫއިން ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން ޢިޢުލާނުކުރުމަށް ހއ.ދިއްދޫ ކައުންސިލް އިދާރާއަށް އެންގުމާ ގުޅޭ

25 Jun 2019

ހއ.ދިއްދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި 250 (ދުއިސައްތަ ފަންސާސް) ހައުސިންގ ޔުނިޓުގެ ތެރެއިން މިހާރު ދޫނުކުރައްވައި ހުރި ހައުސިންގ ޔުނިޓްތައް ދޫކުރެއްވުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އިޢުލާނު ބާޠިލުކޮށް، ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިޢުލާނު ކުރުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް މި ކޮމިޝަނުން ވަނީ އަންގާފައެވެ.

ހއ.ދިއްދޫގައި ސަރުކާރުން ޢިމާރާތްކޮށްދިން 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ވަކި ފަރާތްތަކަކަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި ތިރީގައި މިދަންނަވާ ކަންތައްތައް ވަނީ ފާހަގަކުރެވިފައެވެ.

1. ހއ.ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރި 250 (ދުއިސައްތަ ފަންސާސް) ހައުސިންގ ޔުނިޓުގެ ތެރެއިން 140 (އެއްސަތޭކަ ސާޅީސް) ހައުސިންގ ޔުނިޓް ދޫކުރުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން 19 އެޕްރީލް 2015ގައި އިޢުލާންކޮށް، އެ އިޢުލާނާ ގުޅިގެން ދޫކުރުމަށް ހަމަޖެއްސި ހައުސިންގ ޔުނިޓްތައް ދޫކޮށް އެ ޕްރޮސެސް ނިމިފައިވާކަން.

2. ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓް ދޫކުރުމަށް 30 ޖުލައި 2018 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާންކޮށް އެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އެތައް ބަޔަކު ހުށަހަޅާފައިވާކަން.

3. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އިޢުލާން ބާޠިލުކުރިކަން އާންމުންނަށް އިޢުލާން ކޮށްފައިނުވާއިރު، 2015ވަނަ އަހަރު ކުރެވުނު އިޢުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީހުރި ހައުސިންގެ ޔުނިޓްތައް ދޭގޮތަށް ހަމަޖެއްސުމަކީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއްކަމަށް ނުފެންނަކަން.

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ބާކީހުރި 110 (އެއްސަތޭކަ ދިހައެއް) ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން 09 ޖޫން 2019 ގައި ކޮށްފައިވާ އިޢުލާނާއި ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 (އެއްސަތޭކަ) ހައުސިން ޔުނިޓް ދޫކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 30 ޖުލައި 2018 ގައި ކޮށްފައިވާ އިޢުލާން ބާޠިލުކޮށް، ބާކީހުރި ހައުސިންގ ޔުނިޓްތައް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، މިހާރު އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް، އަލުން އިޢުލާންކޮށްގެން އެކަން ކުރިޔަށް ގެންދިޔުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް 24 ޖޫން 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×