އޭސީސީއިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 157 މައްސަލަ ނިންމައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އޭސީސީއިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 157 މައްސަލަ ނިންމައިފި

25 Jun 2019

2019ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ 157 މައްސަލަ ބަލައިނިންމާފައެވެ.

2018ވަނަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، 2018ވަނަ އަހަރުގެ އެމުއްދަތުގެތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 288 މައްސަލައެވެ.

މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވުމަށް 1 މައްސަލައެއް ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 3 މައްސަލައެވެ.

މީގެއިތުރުން، މި އަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 157 މައްސަލައިގެތެރެއިން، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 156 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 285 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެތެރެއިން ބައެއް މައްސަލަތަކާގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގައިހުރި އެކިކަންކަން އިޞްލާޙް ކުރުމަށް ޖުމްލަ 47 އިދާރާއަކަށް، 82 އެންގުން ކޮމިޝަނުން އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެތެރޭގައި ނިންމާފައިވާ މައްސަލަތަކާ ގުޅިގެން އެކި ކަންތައްތައް އިޞްލާޙް ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށް ޖުމްލަ 148 އެންގުމެއް ވަނީ އަންގާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×