ޔޫއެންއޯޑީސީގެ ރީޖަނަލް ވަރކްޝޮޕްގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ޔޫއެންއޯޑީސީގެ ރީޖަނަލް ވަރކްޝޮޕްގައި އޭސީސީއިން ބައިވެރިވެއްޖެ

12 Jun 2019

ސައުތު އަދި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކަށް އަމާޒްކޮށްގެން، ދައުލަތުގެ މުވައްޒަފުންގެ އެސެޓް ޑިސްކްލޯޒް ކުރުމާއި ކޮންފްލިކްޓް އޮފް އިންޓަރެސްޓާބެހޭ ނިޒާމުތައް ޤާއިމްކުރުމާބެހޭގޮތުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ކުރިއަށްގެންދާ ރީޖަނަލް ވަރކްޝޮޕް، “އެސެޓް ޑިސްކްލޯޝަރ އެންޑް ކޮންފްލިކްޓް އޮފް އިންޓްރެސްޓް ސިސްޓަމްސް އިން ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރިވެއްޖެއެވެ.

11 ޖޫން 2019 އިން 13 ޖޫން 2019 އަށް ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށް ގެންދާ މި ވަރކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ އޭސީސީގެ ލީގަލް އޮފިސަރ، އަލްއުސްތާޛް ޞަފްވަތު ޙަބީބާއި އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ، އަލްއުސްތާޛް އާދަމް ޝާމިލްއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ ފަރާތްތަކަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ  އެސެޓް ޑިސްކްލޯޝަރ އެންޑް ކޮންފްލިކްޓް އޮފް އިންޓްރެސްޓް ސިސްޓަމް ހަރުދަނާކޮށް އަދި ކޮރަޕްޝަނުގެ ޢަމަލުތައް ވިޔަނުދިނުމާއި ނުޙައްޤު މުއްސަނދިކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ. މިދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ ޔޫއެންއޯޑީސީގެ ފަރާތުންނެވެ.

މި ވޯކްޝޮޕްގައި ސައުތު އޭޝިއާގެ 06 ޤައުމަކުން ބައިވެރިވެފައިވާއިރު އެސީސީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ބައިވެރިވެފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×