ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އޭސީސީގެ 2018 ވަނައަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް ނިންމައިފި

28 May 2019

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2018 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް ނިންމައިފިއެވެ. އޮޑިޓް ނިންމުމަށްޓަކައި ބޭއްވި ބައްދަލުވުން އޮތީ 28 މޭ 2019 ގެ 10:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ. މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ގޮތާއި، އޮޑިޓްގައި ފާހަގަކުރެވުނު ކަންތައްތަކާ މެދު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އޭސީސީގެ މާލީހިސާބުތައް ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހާ ގަވާއިދުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް ބަލަހައްޓަވާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެންނެވީ ޑިރެކްޓަރ، ފައިނޭންޝަލް އޮޑިޓް އަލްފާޟިލް އިބްރާހީމް ފަޒީލް އާއި އޭސީސީ އޮޑިޓް ކުރެއްވި ޓީމުގެ މެންބަރުންނެވެ. އޭސީސީގެ ފަރާތުން ކޮމިޝަންގެ ނާއިބް ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދުއާއި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދާއި އަދި ކަމާބެހޭ މުވައްޒަފުން ބައިވެރިވިއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×