އޭސީއާރުސީ ޓްރެއިނިންގ ކޯހުގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އޭސީއާރުސީ ޓްރެއިނިންގ ކޯހުގައި އޭސީސީއިން ބައިވެރިވެއްޖެ

13 May 2019

ސައުތު ކޮރެއާގެ ސޯލް އަދި ސެޖޮންގގައި ކުރިއަށްދާ “އޭސީއާރުސީ ޓްރެއިނިންގ ފޯރ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްރެކްޓިޝަނާސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ސީނިއަރ އެޑިޔުކޭޝަން އޮފިސަރ، އަލްފާޟިލާ އާޢިޝަތު ސިނާޢުއެވެ.

2019 މޭ 13 ން 22 އަށް، ކޮރެއާގެ އެންޓި-ކޮރަޕްޝަން އެންޑް ސިވިލް ރައިޓްސް ކޮމިޝަން އިން ކުރިއަށްގެންދާ މި ޓްރެއިނިންގގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒީ ނިޒާމު ވަރުގަދަ ކުރުމެވެ. މި ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާދެއްވާފައިވަނީ ކޮރެއާ ސަރުކާރުގެ ފަރާތުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×