ޑިޖިޓަލް އެވިޑެންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ޑިޖިޓަލް އެވިޑެންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

30 Apr 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރުންނަށް ޑިޖިޓަލް އެވިޑެންސް އާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޓަރުންގެ ތަޙުޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން އެސީސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރެންސިކް ސާރވިސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ތަފާތު ބާވަތްތަކުގެ ޑިޖިޓަލް އެވިޑެންސްނަގާނެ ގޮތާއި އެފަދަ އެވިޑެންސްތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެގޮތުގެ ތަމްރީނު ކޮމިޝަނުގެ އިންވެސްޓިގޭޓަރުންނަށް ދީފައިވެއެވެ.

މި ތަމްރީނު ޕްރޮގުރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީގެ ތަޖުރިބާކާރު އޮފިސަރުންނެވެ.

4 ގަޑިއިރުގެ މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަންގެ 35 އިންވެސްޓިގޭޓަރުން ބައިވެރިވެފައިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×