ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކޮށްފައިވާ ދެ އިޢުލާނަކާ ގުޅޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކޮށްފައިވާ ދެ އިޢުލާނަކާ ގުޅޭ

29 Apr 2019

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ޓޯނަރ ކާރޓްރިޖު ހޯދުމަށާއި ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއަށް ބޭނުންވާ ފަރުނީޗަރާއި ފިކްސްޗަރ އަދި އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ޓޯނަރ ކާރޓްރިޖު ހޯދަން ބޭނުންވެގެން 2019 ވަނަ އަހަރު ކޮށްފައިވާ އިޢުލާނާ ގުޅިގެން މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލިބެލުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެ އިޢުލާނާ ގުޅިގެން ޙިއްޞާކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ތަޖުރިބާގެ ބަޔަށް މާކްސް ދޭނެގޮތް ބަޔާންކޮށްފައި ނުވާކަމާއި، ތަޖުރިބާގެ ބައިގައި ޤާބިލްކަންވެސް ހިމަނާފައިވާއިރު، ޤާބިލްކަމުގެ ބަޔަށް “މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ފެންވަރު” އަށް ޕޮއިންޓު ދިނުމުގައި ބަލާފައިވަނީ ކޮންކޮން ކަންތައްތަކަކަށް ކަމާއި، އެބަޔަށް ޕޮއިންޓު ދީފައިވަނީ ކިހިނެއްކަމެއް އެނގެން ނެތަތީއާއި، ތަޖުރިބާގެ ބަޔަށް ލިބޭ ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ޖުމްލަ ޕޮއިންޓްތައް ބަދަލުވެ، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް ބަދަލުތަކެއް އައުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ޓޯނަރ ކާރޓްރިޖު ހޯދުމަށް އަލުން އިޢުލާން ކުރުމަށް އެޔުނިވަރސިޓީއަށް 29 ޖަނަވަރީ 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއަށް ބޭނުންވާ ފަރުނީޗަރާއި ފިކްސްޗަރ އަދި އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ޔުނިވަރސިޓީން ކުރި އިޢުލާނާ ގުޅިގެން އެ ޔުނިވަރސިޓީން ޢަމަލު ކުރަމުން ގެންދަނީ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ކަމަށާއި، މި ބިޑްގެ ސްޕެސިފިކޭޝަން އަލުން ރިވައިޒްކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން އެ ޔުނިވަރސިޓީއަށް އެންގިނަމަވެސް މި ބީލަން ބައިބައިކޮށްގެން އަންދާސީހިސާބު ބަލައިގަންނަމުންދާ ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތެއް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި، ފިކްޗަރސް އަދި އިކްއިޕްމަންޓް ހޯދުމަށް، އަލުން ޓެންޑަރކުރުމަށްޓަކައި ސްޕްސިފިކޭޝަން ރިވައިސްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވައިދިނުމަށް 05 ޑިސެންބަރު 2018 ގައި އެމިނިސްޓްރީން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއަށް އަންގާފައިވަނިކޮށް، ބައިބަޔަށް ބަހާލައިގެން އެ ތަކެތި ހޯދުމަށް އިޢުލާންކޮށް، އަދި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ކޮލިޓީގެ ބަޔަށް ޕޮއިންޓް ދިނުމުގައި އަމިއްލަ ކުންފުންޏަކުން ހުށަހަޅާފައިވާ ލިޔުންތަކަށް ޕޮއިންޓް ދީފައިނުވާތީ އާއި ތަޖުރިބާގެ ބަޔަށް ޕޮއިންޓް ދިނުމުގައި ޤާބިލްކަމަށް ޕޮއިންޓް ދީފައިވާގޮތް އެނގެންނެތަތީ އާއި ބިޑްގައި ކުންފުނިންތަކުން ބަޔާންކޮށްފައިވާ ކަންތައްތަކަށް ލިޔުންތައް ހުށަހަޅާފައިވޭތޯ ނުބަލައި ޕޮއިންޓް ދީފައިވާތީ އެކަމުގެ ސަބަބުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށް ބަދަލު އައުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީ މިކަމަށް ކޮށްފައިވާ އިޢުލާން ބާޠިލް ކުރުމަށްފަހު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަލުން އިޢުލާން ކޮށްގެން ކުރިޔަށް ގެންދިއުމަށް އެޔުނިވަރސިޓީއަށް 29 ޖަނަވަރީ 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×